އަލަށް ގުޅިވަޑައިގެންނެވި ސެކްރެޓަރީ ޖެނެރަލް އަށް މަރުޙަބާ ކިޔައިފި

A warm welcome has been extended to the newly appointed Secretary General

މިއަދު [18/05/2025] ގައި ދ. ކުޑަހުވަދޫ ކައުނސިލްގެ އިދާރާގެ އައު ސެކްރެޓަރީ ޖެނެރަލް (އެސް.ޖީ) އަލްފާޟިލް މުޙައްމަދު ޝިހާމް މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ކައުންސިލްގެ މެންބަރުންނާއި މުވައްޒަފުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ކައުންސިލް އިދާރާގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ކައުންސިލްގެ ރައީސާއި އެހެނިހެން މެންބަރުން އައު އެސް.ޖީ އަށް މަރުޙަބާ ދެންނެވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ، ކައުންސިލްގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވި ސްޕީޑެއްގައި ފުރިހަމައަށް ކުރިއަށް ގެންގޮސްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަލްފާޟިލް މުޙައްމަދު ޝިހާމް މި މަޤާމަށް ހަމަޖެއްސެވުމުގެ ކުރިން ހުންނެވީ މި އިދާރާގެ، ކައުންސިލް އެގްޒެކެޓިވްގެ މަޤާމުގައެވެ. އަދި މީގެ އިތުރުން ވަގުތީ އެސް.ޖީގެ ގޮތުގައި މަސައްކަތް ކަރައްވަމުންގެންދެވީވެސް، ޝިހާމެވެ. މި ތަޖުރިބާގެ އަލީގައި، ކައުންސިލްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރެއްވުމަށް އެސް.ޖީ މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމުގައި މެންބަރުން ދެކެއެވެ.

އިތުރު މަޢުލޫމާތު ނޫނީ ގުޅުއްވުމަށް

© All Rights Reserved 2026 Secretariat of Dh.Kudahuvadhoo Council