ދ.ކުޑަހުވަދޫ
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ނުވަތަ ދ.އަތޮޅު ކުޑަހުވަދޫ އަކީ ދ.އަތޮޅުގެ ދެކުނު ބިތުގައި އޮންނަ ގައުމަތީ ރަށެކެވެ. ދ.އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ދ.އަތޮޅުގައި އޮތް އެންމެ ބިން ބޮޑު އަދި އާބާދީ ބޮޑު ރަށަކީވެސް ކުޑަހުވަދޫއެވެ. ދ.އަތޮޅުގެ ވެރިކަން އެންމެ ކުރިއްސުރެ ކުރަމުން އަންނަނީވެސް ކުޑަހުވަދޫގައެވެ. މިރަށަށް ވަކި ޚާއްޞަ މާގިނަ ކަންތައްތަކެއް ލިބިފައިނުވިނަމަވެސް ކުޑަހުވަދޫއަށް ޚާއްޞަ ކުޅިވަރެއްގެ ގޮތުގައި *ނަގިލިނެގުން އަދި ޚާއްޞަ ބުއިމެއްގެ ގޮތުގައި *ޒަންޖަބީލު ފާހަގަކޮށްލެވެއެވެ. އަދި ކުޑަހުވަދޫ ކަނޑުއޮޅިއަކީ ރާއްޖޭގައި ފާނަ ބިސްއަޅާ އާލާވާ ސަރަހައްދު ތަކުގެ ތެރެއިން އެއް ސަރަހައްދެވެ. މީގެ އިތުރުން ރާއްޖޭގެ 3 ވަނައަށް އެންމެ ބޮޑެތި ދިގު ރާޅު ނަގާ އެއް ސަރަހައްދަކީ ކުޑަހުވަދޫ ފުއްޓަރު ފަރާތު ކަންމަތީ ސަރަހައްދެވެ. މިތަނަކީ ރާޅާއަޅާ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނެކެވެ.
171
ހެކްޓަރ
655
ގޭބީސީ
3,604
އާބާދި
އިތުރު މަޢުލޫމާތު ނޫނީ ގުޅުއްވުމަށް