ކުޑަހުވަދޫ ކައުންސިލާއި އާރ. ސީ. ސީ ގުޅިގެން ކުޑަހުވަދޫގައި ތަރައްގީކުރާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ބިންގާ އަޅައިފި

ކުޑަހުވަދޫ ކައުންސިލާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރު.ސީ.ސީ) ކުންފުންޏާ ގުޅިގެން ކުޑަހުވަދޫގައި ތަރައްޤީކުރާ 160 އެޕާޓްމަންޓުގެ ތެރެއިން 80 އެޕާޓްމަންޓް ހިމެނޭ ފުރަތަމަ ޓަވަރގެ ބިންގާ އަޅައިފިއެވެ. މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި މިއީ މާލެ ފިޔަވައި ޕްރައިވެޓް ސެކްޓަރއިން އަތޮޅުތެރޭ މިފަދަ ހައުސިންގ މަސްރޫއެއް ކުރިއަށްގެންދާ ފުރަތަމަ ޕްރޮޖެކުޓެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުންކަމަށެވެ. އެކި ފަންތީގެ ފަރާތްތަކަށް ސަރުކާރުން ދަނީ ބޯހިޔާވަހިކަމުގެ ތަފާތު މަޝްރޫތައް ހިނގަމުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ކޮންމެ ރަށެއްގެ ބަޔަކުވެސް މަސައްކަތް ކުރަންވާނީ ފުއްދުންތެރި ބަޔަކަށް ވުމައްކަމަށެވެ. އެގޮތުން ކުޑަހުވަދޫއަކީ އޭގެ މިސާލެއްކަން ވަޒީރު ވަނީ ފާހަގަކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާރް.ސީ.ސީގެ ޗެއަރމަން މުޙައްމަދު ނާޒިމް ވަނީ މިއަދަކީ އެކުންފުންޏަށާއި ކުޑަހުވަދޫއަށްވެސް މިއީ ވަރަށް ތާރީޚީ ދުވަހެއްކަމަށް ވިދާޅޫވެފައުވެ. އަދި ކުދަހުވަދޫ އަކީ ސަރުކާރުން އާރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީ ކުރަން ނިންމާފައިވާ ރަށެއްކަމުން، ކުޑަހުވަދޫއަކީ ތަރައްޤީކުރަން މުހިންމު ރަށެއްކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
އާރްސީސީން ކުޑަހުވަދޫގައި 160 އެޕާޓުމަންޓު ތަރައްޤީކުރަން ހަމެޖެހިފައިވަނީ 2 ޓަވަރަކަށެވެ. އެގޮތުން އަމަލީ މަސައްކަތް ފެށިގެން ދިޔައީ "މާވޭރު" ނަމުގައި ތަރައްޤީކުރާ ޓަވަރު އޭގެ 80 އެމާޓްމަންޓެވެ. މިއިން ކޮންމެ ޓަވަރެއްގައި 2 ލިފްޓް ހުންނާނެއެވެ. އަދި މި އެޕާޓްމަންޓްތަކުގައި 3 ކޮޓަރިއާ 3 ފާޚާނާ ހުރެއެވެ. މިއިން ކޮންމެ އެޕާޓްމަންޓެއްގައި 1200 އަކަފޫޓުގެ ހުންނާނެއެވެ. އާރުސީސީން މިހާރު ވަނީ އެޕާޓްމަންޓްތައް ގަންނަން ހުޅުވާލާފައެވެ. އެގޮތުން އާރުސީސީއަށް ގުޅުމުން ނުވަތަ ވެބްސައިޓުން އެޕާޓްމަންޓް ގަތުމާ ގުޅޭ މަޢުލޫމާތު ލިބޭނެކަމަށް އެކުންފުނިން މައުލޫމާތުދެއްވައެވެ.
އިތުރު މަޢުލޫމާތު ނޫނީ ގުޅުއްވުމަށް