5 މިލިޔަން ގަސްއިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުޑަހުވަދޫގައި 44 ގަސް އިންދައިފި

44 trees planted in Kudahuvadhoo under the "5 Million Tree Planting Program"

ސަރުކާރުން އިފްތިތާޙުކުރި "5 މިލިޔަން ގަސްއިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ދ. ކުޑަހުވަދޫގައި 44 ގަސް އިންދުމުގެ ހަރަކާތެއް 2025 އޮގަސްޓް 09 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި، 13 ރުކާއި 31 އަނބުގަސް ވަނީ މި ރަށުގެ ބައެއް މަގުތަކުގެ އަރިމަތީގަޔާއި، އިޖްތިމާޢީ ސަރަޙައްދުތަކުގައި އިންދާފައެވެ.

Uploaded image

މި މުހިންމު ހަރަކާތުގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމްގެ އިތުރުން، ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޙުސައިން ޙަމީދާއި، ދ. އަތޮޅު ކައުންސިލްގެ ރައީސް އަދި ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަދި މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުނާއި އަދި ކުޑަހުވަދޫގައި ޤާއިމްކުރެވިފައިވާ ބައެއް މުޢައްސަސާތަކުގެ ވެރިން ވެސް މި ހަރަކާތުގައި ބައިވެރިވެ، ގަސްއިންދުމުގެ މަސައްކަތަށް އެއްބާރުލުން ދެއްވިއެވެ.

Uploaded image

މިފަދަ ޕްރޮގްރާމްތަކަކީ ރާއްޖޭގެ ތިމާވެއްށީގެ ދިރުންތައް ރައްކާތެރިކޮށް، ކުރިމަގުގެ ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ގުދުރަތީ ވަސީލަތްތައް ފޯރުކޮށްދިނުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.

އިތުރު މަޢުލޫމާތު ނޫނީ ގުޅުއްވުމަށް

© All Rights Reserved 2026 Secretariat of Dh.Kudahuvadhoo Council