ޢީދު ޙަރަކާތްތަކާ ގުޅޭގޮތުން މިކައުންސިލާއި މުއައްސަސާތަކާ މަޝްވަރާކޮށްފި

Meeting held between Kudahuvadoo Council and institutions to discuss Eid activities

1446 ވަނަ އަހަރުގެ އަޟްޙާ ޢީދުގައި ކުޑަހުވަދޫގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ޙަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކުޑަހުވަދޫ ކައުންސިލާއި ރަށުގެ އެކި މުއައްސަސާތަކުގެ މެދުގައި މުހިންމު ބައްދަލުވުމެއް ބޭއްވިއްޖެއެވެ.

މި ބައްދަލުވުމުގައި، ކުރިއަށް އޮތް އަޟްޙާ ޢީދުގައި ރަށުގެ ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދިނުމަށްޓަކައި ހިންގޭނެ އެކި ޙަރަކާތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި މި ޙަރަކާތްތައް ރާވައި ހިންގުމުގައި މުއައްސަސާތަކުގެ ދައުރާއި، އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ.

ބައްދަލުވުމުގައި ބައިވެރިވި މުއައްސަސާތަކުން ޢީދު ފާހަގަކުރުމުގެ ޙަރަކާތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވެއެވެ. އަދި ކޮންމެ މުއައްސަސާއަކުންވެސް އެ މުއައްސަސާއަކުން ހިންގަން ގަސްދުކުރާ ޙަރަކާތްތަކުގެ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

އިތުރު މަޢުލޫމާތު ނޫނީ ގުޅުއްވުމަށް

© All Rights Reserved 2025 Secretariat of Dh.Kudahuvadhoo Council