މަލްޓިސްޕެޝަލިޓީ މެޑިކަލް ކޭމްޕް ކުޑަހުވަދޫގައި ބޭއްވުމަށް، ކުޑަހުވަދޫއަށް ވަޑައިގެންންވި ޓްރީޓޮޕްގެ ޓީމަށް މަރުޙަބާ ކިޔައިފި

ދ. އަތޮޅު ހޮސްޕިޓަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މެޑިކަލް ކޭމްޕުގެ ޓްރީޓޮޕް ޓީމަށް، މިއަދު މިރަށަށް ވަޑައިގަތުމުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. މަރުޙަބާ ކިޔުމުގެ ރަސްމިއްޔާތުގައި މި ކައުންސިލުގެ އިތުރުން އަތޮޅު ދ. އަތޮޅު ކައުންސިލާއި ދ. އަތޮޅުހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ކޭމްޕަކީ މިކައުންސިލާއި ޓްރީޓޮޕް ހޮސްޕިޓަލް އަދި މިރަށުގެ އެހެން މުއައްސަސާތަކާއި ގުޅިގެން ބޭއްވޭ ހެލްތު ކޭމްޕެކެވެ. މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ (2025 މެއި) 16 އަދި 17 ވަނަ ދުވަހުއެވެ. ކޭމްޕުގައި ޚިދުމަތް ދެއްވުމަށް 8 ސްޕެޝަލިސްޓުން ހަމަޖެހިފައިވާއިރު، މީގެ ތެރޭގައި ޔޫރޮލޮޖީ، ގައިނޮކޮލޮޖީ އެންޑް ފާޓިލިޓީ، ސޯލްޑަރ އެންޑް ސްޕޯޓްސް މެޑިސިން، އޮފްތަލްމޮލޮޖީ، ޑާމެޓޮލޮޖީ، ޖެނެރަލް ސާޖަރީ، އޮތޮޕެޑިކްސް އަދި އީ.އެން.ޓީގެ ސްޕެޝަލިސްޓުން ހިމެނެއެވެ.
އިތުރު މަޢުލޫމާތު ނޫނީ ގުޅުއްވުމަށް